ކުރު ދުވަހުގައި ސްކޫލް ހަރަކާތްތައް ނުބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި މެމޯއެއްގައި ބުނީ ހުކުރު ދުވަހު މުދައްރިސުން މަސައްކަތްކުރަން ނުނެރުމާއި އެ ދުވަހު ސްކޫލް އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އަންގާ ކަމަށެވެ.
ނަމަވެސް ހާއްސަ ހާލަތެއްގައި ހުކުރު ދުވަހު ހަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، މުދައްރިސުން އެ ހަރަކާތަކަށް ނެރެންވާނީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހު ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ސަރުކާރުގެ މިވަގަތު އެންމެ މުހިންމު އިސްކަމެއް ދެނީ ޓީޗަރުންގެ ދުޅަހެޔޮކަމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ހަމަ މި އެންގުން ސްކޫލުތަކަށް އަންގައިފަ އެވެ. ނަމަވެސް އެފަހަރު ސްކޫލުތަކުން އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވެ އެވެ.



