އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމެރިކާއަށް ކުރެއްޗި ދަތުރުފުޅުގެ ހަރަދުތައް ފެންނަ ފައިސާގެ ރަސީދުތައް ނުދިނުމަށް އެދި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އަނބުރާ ގެންދަން ނިންމާފައި، ދަތުރުފުޅުގެ ރިސިޓްތައް ހާމަކުރަން އެޓާނީ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.
ރައީސް ސޯލިހު އެ ދަތުރުފުޅު ކުރެއްވީ 2022 ވަނަ އަހަރުގަ އެވެ. އެ ދަތުރުފުޅުގެ މައުލޫމާތު ހޯދަން ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ރައީސް އޮފީހަށް އާރްޓީއައި ހުށަހަޅައިފަ އެވެ. ރައީސް އޮފީހުން ވަނީ އެ އާރްޓީއައިއާ ގުޅިގެން އެ ދަތުރުގެ ބައެއް ހަރަދުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. ނަމަވެސް ފުރިހަމަ މައުލޫމާތު ހިއްސާ ނުކުރާތީ އަޒާން ވަނީ އައިކޮމްއަށް މައްސަލަ ހުށަހަޅައިފަ އެވެ. އައިކޮމްއިން ނިންމީ އެ ދަތުރުގެ ހުރިހާ މައުލޫމާތެއް ހާމަ ކުރުމަށެވެ. އައިކޮމްގެ އެ ނިންމުން ހައި ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމުން އެ ކޯޓުން މައްސަލަ ނިންމީ އައިކޮމްއާ އެއްކޮޅަށެވެ. އެހެންވެ ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އެ މައްސަލައިގައި ދައުލަތުން ވަކާލާތުކުރީ އެ ދަތުރުފުޅުގެ ރިސިޓްތައް ހާމަކުރުމާ ދެކޮޅަށެވެ. އެކަމާ ނުރުހުންވެ އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ސްޓޭންޑު ބަންޑާރަނައިބު އަހުމަދު އުޝާމް ބަދަލުކުރައްވާނެ ކަމަށެވެ.
އެފަހުން އޭޖީ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގައި ހިނގަމުންދާ އެ މައްސަލަ އަނބުރާ ގެންދަން ނިންމައިފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގެ އިސްތިއުނާފު ބާތިލުކުރުމަށް ފޯމު ހުށަހަޅައިފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ދަތުރުގެ ރިސިޓްތައް ހާމަކުރަން ރައީސް އޮފީހަށް ލަފާދީފައިވާނެ ކަމަށެވެ.
11 Comments
ގުޅުންހުރި
ބަދަލުދިން މައްސަލައިގައި ސޯލިހާއި ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީ
އިންތިހާބުތަކާ ދިމާކޮށް ކުރީ ސަރުކާރުން ވަނީ 1،900 ކުށްވެރިން ދޫކޮށްލާފައި: ރައީސް
ރާއްޖެއިން އައިސީީޖޭގައި ގޮވާލީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވުމަށް!
ޔާމީން ގެއަށް ބަދަލުކުރީ އެއްވެސް ބޭފުޅަކު އެދިގެނެއް ނޫން: އިބޫ
ބާރުތައް ޖަމާކުރަމުންދަނީ 2028ގެ ރިޔާސީ އިންތިހާބު ފޭރިގަންނަން: ސޯލިހު
ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ދަމަހައްޓަން އާ ހިތްވަރަކާ އެކު މަސައްކަތް ކުރަން