ސިނަމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބްރިޖާއި ހައިވޭ އިން ޓޯލް ފީ ނަގަން ދިރާސާއެއް ކުރާ ވާހަކަ އިއުލާން ކުރީ ”މާލެ ފަހި“ ޕްރޮގްރާމް އިފުތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ ރައީސް މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ބުނި ގޮތުނ ބުރިޖާއި ހައިވޭއިން ޓޯލް ފީ އެއް ނަގާނީ ކަމާބެހޭ ހުރިހާ އިދާރާތަކަކާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެކަމަ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ފަށާނެ ކަމަށްވެސް ބުންޏެވެ.
ސަރުކާރުން އެފަދަ ދިރާސާއެއް ހަދަން ނިންމިކަން އިއުލާން ކުރުމުން، ބައެއް ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެއީ ރައީސް މުއިއްޒުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ބުނެ އޭރު ފެތުރި ވާހަކައެއް އެ މަނިކުފާނު މީގެ ކުރިން ދޮގު ކުރައްވާފައިވާތީ އެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބްރިޖުން ޓޯލް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ރޭގައި އިފުތިތާހު ކުރި މާލެ ފަހި ޕްރޮގްރާމުގައި ތެރެއިން ޓޯލް ނެގުމާމެދު ދިރާސާއެއް ކުރުމަށް ހިމަނާފައިވަނީ ފަންނީ ގޮތެއްގައި އެކަމުގެ ލަފާ އެ މަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށްވެސް ވިދާޅުވި އެވެ.
”އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލުވުމުގެ ކުރިން އަދި ގައުމާއި ރައްޔިތުންގެ އިގުތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން،“ ރައީސް ވިދާޅުވި އެވެ.




39 Comments
ގުޅުންހުރި
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް:
ރޯދަ މަހު ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ: ރައީސް
ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި 16 މީހަކު ހައްޔަރުކޮށްފި
ފެނަކައިން ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ