ހައްގު ގޮތުގައި ރިޒްގު ހޯދާން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ރިޒްގުގެ ބަރަކާތް ހޯދާށެވެ!“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ރިޒްގު ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ، ﷲ އެކަލާނގެ މަހުލޫގާތުންގެ ކިބައިގައި ލައްވައިފައިވާ ފިތުރީ ކަމެއް ކަމަށެވެ. އަދި ރިޒްގު ހޯދުމުގައި ކާމިޔާބު މީހަކީ، މާތް ﷲއާ ވަކީލުކޮށް، އެކަލާނގެ ހަޒުރަތުން ތައުފީގު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ހަޔާތް އާރާސްތުކުރާ މީހާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މިއަދު ދިރިއުޅުމުގެ ވައްޓަފާޅި މުޅީން ބަދަލުވެ، މީސްތަކުންގެ މުހުތާދުތައް ގިނަވެފައިވާއިރު އިއްޔެ ކޮންމެހެން ބޭނުން ނޫން ކަންތައްތައް މިއަދު ޒަރޫރީ ކަންކަމަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރާންޖެހޭ ހޭދަތައް ބޮޑުވެ، އާމްދަނީ އިތުރުކުރަން ޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާ އިރު، އެ އެއްޗެއްގެ ރިޒްގު ކަނޑައަޅުއްވާކަން މުއުމިނުން ދަންނާން ޖެހޭނެ ކަމަށާއި އެހެންކަމުން ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިގުތިސާދު ކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ރިޒްގު ތަނަވަސްކޮށްދެއްވައި، ރިޒްގުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަހިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ ކަމަށެވެ.
އެގޮތުން ކީރިތި ރަސޫލާ ހަދީޡްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އޭނާގެ ރިޒްގު ތަނަވަސްވުމަށާއި އޭނާގެ އުމުރު ދިގުވުމަށް ލޯބިކުރާ މީހާ ފަހެ، އޭނާގެ ރަހިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ“
ހުތުބާގައި ބުނީ، ރިޒްގު ހޯދާން އެދޭ މީހާ، ހީވާގިކަމާ އެކު، މަސައްކަތް ކުރާން ޖެހޭނެ ކަމަށާއި ﷲގެ ހަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެންނެއް ނުވާ ކަމަށެވެ.
އެގޮތުން މަސައްކަތްކުރާ މީހާއަށް ﷲގެ ރުހިވޮޑިގަތުމާއި މީހުންގެ ލޯތްބާއި އިހުތިރާމު ލިބޭއިރު މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫން ކަމަށާއި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފުސަށާއި އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށް ކަމަށްވެސް ހުތުބާގައި ބުންޏެވެ.




1 Comment
ގުޅުންހުރި
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް:
ރޯދަ މަހު ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ: ރައީސް