ގޯތިގެދޮރު ހަދަން ސަރުކާރުން ދޫކުރަން ނިންމާފައިވާ ލޯނުގެ ތެރެއިން މާލެ ސަރަހައްދަށް ދޫކުރާ އަދަދު ދެ ގުނަ ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
”ހިޔާވެހި ފައިނޭންސް ސްކީމް“ގެ ނަމުގައި ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ލުއި ލޯންތަކެއް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މި އަހަރުގެ މާޗު މަހުގެ ފަހުކޮޅު އެވެ.
ހައުސިން މިނިސްޓްރީން އޭރު ބުނެފައިވާ ގޮތުން އެ ސްކީމްގެ ލޯނުތައް ދޭނީ ދެ ސްކީމަށެވެ. އެއީ އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ސްކީމާއި ގްރޭޓާ މާލޭ ސަރަހައްދާއި މި ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކަށް ހާއްސަ ސްކީމެވެ.
އޭރު ބުނެފައިވާ ގޮތުން މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރަން ގިނަވެގެން ދޭނީ ތިން މިލިއަން ރުފިޔާ އެވެ. ރަށްރަށުގައި ގެދޮރު އިމާރާތްކުރަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލިބޭނެ އެވެ.
ނަމަވެސް ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި އެ ލޯނުތައް ދޫކުރާނީ ތިން ސްކީމަށެވެ. އެއީ މާލެ ސަރަހައްދަށް ހާއްސަ ސްކީމަކާއި އާބަން ސެންޓަރުތަކަށް ހާއްސަ ސްކީމެއް އަދި އަދި އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ސްކީމެކެވެ.
އަދި މާލެ ސަރަހައްދުތަކުގައި ގެދޮރު އިމާރާތް ކުރަން ދޭ ލޯނުގެ އަދަދަކީ ހަ މިލިއަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެއީ ކުރިން ހައުސިން މިނިސްޓްރީން ބުނި ތިން މިލިއަނަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ.
ނަމަވެސް އާބަން ސެންޓަރުތަކަށާއި އަތޮޅުތެރޭ ރަށްތަކަށް ލޯނު ދޫކުރާ އަދަދަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.
ރައީސް ރޭ ވިދާޅުވި ގޮތުން ފަސް ޕަސެންޓަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑު ނުވާ ގޮތަށް ދޫކުރަން ނިންމާފައިވާ އެ ލޯނުތައް އަންނަ އޮކްޓޯބަރު މަހު ދޫކުރަން ފަށާނެ އެވެ.




32 Comments
ގުޅުންހުރި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ