ކިތަންމެ ގާނޫނެއް ހެދިޔަސް މައްސަލަ ހައްލެއް ނުވާނެ ކަމަށާއި ހައްލަކީ އެމްޑީޕީއަށް ވެރިކަން ނުދިނުން ކަމަށް ވެރިކަން ހިންގާ ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށްޓަކައި ގާނޫނު ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ތިން ކައުންސިލަރުން ތިބި ކައުންސިލްތަކަށް ދެ ކައުންސިލަރުން އިތުރު ކުރުމަށް އެމްޑީޕީ އިން ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން 430 ކައުންސިލަރުން އިތުރުވި ކަމަށެވެ.
އެކަމުގެ ސަބަބުން ކައުންސިލަރުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު މަހަކު ހަތް މިލިއަން އަދި އަހަރަކު 84 މިލިއަން ރުފިޔާ އިތުރުވި ކަމަށް ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، ހަރަދު ބޮޑުވާ ކަންތައްތަކުން ގައުމު ސަލާމަތްކުރަން ގާނޫނުތަކަށް ކިތަންމެ ވަރަކަށް ބަދަލު ގެނައި ނަމަވެސް އެމްޑީޕީ އިން ވެރިކަމަށް އައިސްފި ނަމަ އެ ކަންތައްތައް އަނެއްކާވެސް ކުރިން އޮތް ގޮތަށް ބަދަލު ކުރާނެ ކަމަށެވެ.
އެހެންކަމުން ގައުމު ސަލާމަތް ކުރެވޭނީ އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ނުދީ، އެ ޕާޓީން ވެރިކަމަކަށް އަޔަނުދީގެން ކަމަށް ވިދާޅުވި އެވެ.



161 Comments
ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20