މަޖިލީހުގައި އަލަށް ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް އުފައްދައިފި، މުގައްރިރަކަށް ފަލާހު

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ރައްޔިތުންގެ މަޖިލީހުގައި މުޅިން އަލަށް ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް އުފައްދައި މުގައްރިރަކަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އައްޔަންކުރައްވައި، ކޮމިޓީގެ މަސައްކަތް ފަށައިފި އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނެވެ.

މިއަދު ވަނީ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފަ އެވެ. ކޮމިޓީގައި ފަލާހު ވިދާޅުވީ މަޖިލީހުގެ އެކި ކޮމެޓީތަކުން ބަލަމުންދާ ގެދޮރުވެރިކަމާ ގުޅޭ މައްސަލަތައް ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއަށް ގެނެސް، އެ މައްސަލަތައް ދެން ބަލަމުން ދާނީ އެ ކޮމެޓީން ކަމަށެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް
މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
މާފަންނު މެދު ދާއިރާގެ މެންވަރު އަސްމާ ރަޝީދު
ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
ހިތަދޫ އިތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން
ގަލޮޅު އިތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވީގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް ވުޖޫދު ކުރުމުގެ ބޭނުމަކީ ގެދޮރުވެރިކަމާ ބެހޭ ހުރިހާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ކޮމެޓީ ވުޖޫދު ކުރުމުން އެކަމާ ގުޅޭ މައްސަލަތަކަށް ހާއްސަ އިސްކަމެއް ދީގެން ދިރާސާކޮށް ހައްލު ހޯދުމަށް މަގުކޮށިގެންދާނެ ކަމަށެވެ.

ގެދޮރުވެރިކަމާ ބެހޭ މައްސަލަތައް މީގެ ކުރިން ބަލަމުން ދިޔައީ މަޖިލީހުގެ އެކި ކޮމެޓީތަކުންނެވެ.