އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާ ތާރީހު 1 މާޗު 2026އަށް ފަސްކޮށްފި އެވެ. މިއީ އެ ތާރީހު ފަސްކުރި ދެ ވަނަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި އިއްޔެ ނެރުއްވި ގަރާރުގައިވާ ގޮތުގައި، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުންވެސް އަންނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާވާނެ ކަމަށެވެ. އަދި ބާޒާރަށް އެ އެއްޗެހި ނެރުން މަނާ ވާނީ މާޗު 1، 2026 އިން ފެށިގެން ކަމަށް ގަރާރުގައިވެ އެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.
އެ ލިސްޓުގައި ހިމެނޭ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހަށް ފުރަތަމަ އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހެވެ. ނަމަވެސް ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން އެ ބާވަތް މަނާކުރާ ތާރީހު މިއަދަށް ފަސްކުރި އެވެ.




6 Comments
ގުޅުންހުރި
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!
އަހަރުގެ ފުރަތަމަ 6 ދުވަސް: 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ
އާސަންދަ އޮތީ ލަންކާ ހޮސްޕިޓަލަށް 70 މިލިއަން ރުޕީސްއަށް ދަރާފައި، ހިދުމަތް