ހުޅުމާލޭގައި ހުންނަި ހާންޖީ ރެސްޓޯރެންޓުގައި ބަދިގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އެ ތަނުގައި މަސައްކަތްކުރާ ބަންގުލަދޭޝްއަށް ނިސްބަތްވާ ވެއިޓަރު އެމްޑީ ޝަމީމް، މަރާލި ކަމަށް ދައުލަތުން ދައުވާ ކޮށްފައިވާ ރެސްޓޯރެންޓުގެ ކައްކާ މުހައްމަދު އަބީދުގެ މައްޗަށް ސާބިތުނުވި ނަމަވެސް، ވެއިޓަރަށް ހަމަލާދިންކަން އަބީދުގެ މައްޗަށް ސާބިތު ކުރެވޭނެ ކަމަށް ދައުލަތުން ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނަށް ނިސްބަތްވާ އާބިދު، ވެއިޓަރު މަރާލި ކަމަށް ދައުލަތުން ވިދާޅުވެފައިވަނީ 16 އެޕްރީލް 2022 ގަ އެވެ. އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުގެ ދައުވާ އެވެ.
އެ މައްސަލައިގައި މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމުގެ ޝަރީއަތެވެ. ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވިދާޅުވީ، އަބީދުގެ މައްޗަށްކުރާ އަސްލީ ދައުވާ ސާބިތުނުވި ނަމަވެސް އޭނާ، ވެއިޓަރު މަރާލުމަށް ވަޅިން ހަމަލާދިންކަން ސާބިތުކުރެވޭނެ ކަމަށެވެ. ދައުލަތުން މީގެ ކުރިން ވިދާޅުވެފައިވަނީ، އަބީދު ވަނީ ވެއިޓަރުގެ މޫނުގެ ވައަތްފަރާތުން ބޮލަށާއި މެޔަށް ހަމަލާދީފައި ކަމަށެވެ.
ހުލާސާ ބަޔާނުގައި ދައުލަތުން ވިދާޅުވީ އަބީދުގެ މައްޗަށް ދައުލަތުންކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވި ނަމަވެސް، އަބީދުއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކިތަކުން ގާނޫނުގައި ބަޔާންކުތާ އެހެން ޖިނާއީ ކުށެއް ސާބިތުވާނަމަ، އެ ސާބިތުވާ ކުށަކަށް އަދަބުދޭން ޖެހޭނެ ކަމަށެވެ.
ދައުލަތުން ވިދާޅުވީ އަބީދުއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކިތަކުން، އޭނާ ވަނީ ވެއިޓަރު މަރާލަން ހަމަލާދީފައިކަން ސާބިތުވާނެ ކަމަށެވެ. އެހެންކަމުން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލަން ހަމަލާދިން ކަމުގެ ކުށް އަބީދުގެ މައްޗަށް ސާބިތުވާނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ.
ވެއިޓަރަށް ހަމަލާ ދިނުމަށްފަހު އަބީދު ވަނީ ފިލައިފަ އެވެ. ފުލުހުން އޭނާ ހޯދައިފައިވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އެއީ ވެއިޓަރަށް ހަމަލާދިންތާ ނުވަ ގަނޑިއިރު ފަހުންނެވެ.

5 Comments
ގުޅުންހުރި
ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރަން ފަށައިފި
ކަސްޓަމުގެ ގުދަނުން ސިނގިރޭޓް ގެއްލުން: އެންމެން ދޫކޮށްލައިފި
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ކުރިން ބުނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަކީ ހެދުނު ގޯހެއް ކަމަށް، މިހާރު
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި
ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވީ މައުލޫމާތު ނެތް ކަމަކަށް