އިންޑޮނޭޝިއާގައި އުމުރުން 45 އަހަރުގައިވެސް މީހަކާ ކައިވެނި ނުކޮށް ހުންނަނީ ކީއްވެގެންތޯ އަހާވަރުން އަވަށްޓެރިއާ މަރާލައިފި އެވެ.
އިންޑޮނޭޝިއާގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުން، އެ ހާދިސާ ހިނގީ ހުސްވި ޖުލައި މަހުގެ 29 ވަނަ ދުވަހު ސުމަޓްރާގެ އުތުރުގައި އޮންނަ އަވަށެއްގަ އެވެ.
އެކަން ހިނގީ ކައިވެނި ނުކޮށް ހުންނަނީ ކީއްވެގެންތޯ އަހާވަރުން އެކަމާ އުދަނގޫވެ، ހިތްދަތިވެގެން ކަމަށް އެކަން ކުރި މީހާ ދީފައިވާ ބަޔާނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
ފުލުހުންނާ ހަވާލާދީ އިންޑޮނޭޝިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހާދިސާގައި މަރާލާފައިވަނީ އުމުރުން 60 އަހަރުގެ ރިޓަޔާޑް ސިވިލް ސާވަންޓެކެވެ. އޭނާއަށް ހަމަލާ ދީފައިވަނީ ލަކުނޑި ބުރިއަކުން ކަމަށާއި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިންވެސް މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

182 Comments
ގުޅުންހުރި
ޗައިނާގައި މުސްކުޅިން ބަލަހައްޓާ މަރުކަޒެއްގައި ރޯވެ 20 މީހުން މަރުވެއްޖެ
ދަރިފުޅަށް އަހަރެއް ވަންދެން އަނިޔާދީ މަރާލުމަށްފަހު ހަށިގަނޑު އަންދާލި މަންމަ ޖަލަށް
އިންޑޮނޭޝިއާ، މެލޭޝިއާ އަދި ބުރޫނާއީން ނިންމީ މާޗު 31 އަކީ އީދު
މިޔަންމާއަށް ބިންހެލުން އައިތާ 24 ގަޑިއިރު: މަރުވި މީހުންގެ އަދަދު 1,000
ބިންހެލުމުގައި މިއަންމާ އާއި ތައިލެންޑުން މަރުވި އަދަދު 150 އިން މައްޗަށް،
ގެއްލުނު ދެ އަހަރުގެ ކުޑަކުއްޖާ މަރާލިކަމުގެ ތުހުމަތުގައި މާމައާއި ކާފަ ހައްޔަރުކޮށްފި