ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ރެއިޑްކޮށް، ގަވާއިދާ ހިލާފަށް އެ ތަނުގައި ދިރިއުޅެމުންދިޔަ ތިން ބިދޭސީއަކު އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެތަން މިއަދު ހެނދުނު ރެއިޑް ކުރީ ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތަކަ ގުޅިގެން ކަމަށެވެ.
މާލެ ސަރަހައްދުގައި ހުންނަ އެތަނުގެ ފޮޓޯތަކެއްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން އެތަނަކީ ދިރިނޫޅޭވޭ ވަރަށް ބާވެ ވީރާނާވެފައިވާ ގެއެކެވެ. ތަނުގެ ފާރުތައް ހުރީ ކަޅުވެފަ އެވެ. އެ ތަނުގައި މަސައްކަތް ކުރާ މީހުންގެ އަންނައުނު ތަނުގެ ތެރޭގައި އަޅުވާފައި ހުރި އިރު، ފާހާނާ ތެރެވެސް ހަޑި އެވެ.
އިމިގްރޭޝަނުން ބުނީ، އެ ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ، އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ފޮޓޯތަކުން ރެއިޑް ޖެހި ގެއިން ކުދި ގުޅައާއި އަތުޖެހި އަޅާފައި ހުރި ބޮޑެތި ކޮތަޅުތައް ފެންނަން ހުރި އިރު، ތެތްލިފަތާއި ސަނާމުގާއި ކިއްލިއާއި ފޯއް ޕެކެޓުތަކެއްވެސް ފެނެ އެވެ.

20 Comments
ގުޅުންހުރި
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭތީ މަޖިލީހަށް ގަރާރެއް
ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީން ކޯހެއް
ކަސްޓަމްސްއިން ތިން މިލިއަން ސިނގިރޭޓު ނައްތާލައިފި
70 ރަބަރު ޕެކެޓާއި 1.2 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން ދޫކޮށްލައިފި
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ