2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސައުދީ އަރަބިއްޔާ އިން ރައީސް އަބްދުﷲ ޔާމީނަށް ފަސް މިލިއަން ޑޮލަރު ދިން ކަމަށާއި ނަމަވެސް އެ ފައިސާއަށް ވީގޮތެއް އެނގުނު އެއްވެސް މީހަކު ނެތް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ރޭ ވިދާޅުވީ 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔާމީން އާންމުންގެ އެކި މީހުންގެ އަތުން ނެންގެވި ފައިސާ އެ މީހުންނަށް އަދާކޮށްފައިވަނީ ދައުލަތުން ނަގައިގެން ކަމަށެވެ. އެކަން އެނގުނީ މާފަހުން ކަމަށް ވިދާޅުވި އެވެ.
”އެ މަނިކުފާނުގެ ދޫފުޅުން ވިދާޅުވީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސައުދީ އަރަބިއާ އިން ފަސް މިލިއަން ޑޮލަރު އޭރުގެ މެންބަރުންގެ ކެމްޕޭނަށް ދިނޭ. އޭރު ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެކިވާނެ، މިއީ ދޮގެއް ނޫން. އެހެން ނަމަވެސް އެ ފަސް މިލިއަން ޑޮލަރުވެސް، ދިވެހި ފައިސާ އިން ބުނަންޏާ 77 ރުފިޔާގެ ވާހަކަ މި ދައްކަނީ، މިވެސް ވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ،“ އޭނާ ވިދާޅުވި އެވެ.
ފަލާހު ރޭ ވަނީ ޔާމީން ދިރިއުޅުއްވާ ގެކޮޅު އިމާރާތް ކުރެއްވި ގޮތާ ގުޅޭ ގޮތުންވެސް ސުވާލު ކުރައްވައި، އެކަމުގައި ކޮރަޕްޝަންގެ ފައިސާ ހިމެނޭ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
”މާލޭގައި އެވަރުގެ ބިމެއް 12 ބުރިއަށް އިމާރާތް ކުރެވޭނީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާއަށް. އެކަމަކު ލޯނަކަށް ލޯލާރިއެއް ވެސް ނުނަގާ އެފަދަ ބޮޑެތި އިމާރާތްތަކާއި ވިޔަފާރިތަކާ ތަންތާކުރާ ކަމަށް ވަންޏާ ރައްޔިތުން އޭރުގައި ވެރިކަން ކޮށްފައި ތިބި ވެރިންނާ ދޭތެރޭ ސުވާލު އުފައްދާނެ،“ ފަލާހު ވިދާޅުވި އެވެ.
3 Comments
ގުޅުންހުރި
ގާސިމުގެ ތައުރީފު ރައީސަށް: ރާއްޖެއަކީ ބަސްބުނަން ކެރޭ ގައުމެއްކަން ސާބިތުކޮށްދީފި
ޔާމީން ޖަލަށް ލިޔަސް، ނުލިޔަސް ރައީސް މުއިއްޒަކަށް ދެވަނަ ދައުރެއް ނުލިބޭނެ:
ގައުމީ މައްސަލަތަކަށް ތެދުބަހުން ވާހަކަދެއްކެމުގައި ރައީސް ގެންދަނީ ނަމޫނާ ދައްކަމުން: ޕީއެންސީ
އާރަށު މައްސަލަ އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި
އަބްދުއްރަހީމަކީ ސިޔާސީ އެސެޓެއް ނޫން، އެއީ އިހުލާސްތެރިވާނެ މީހެއް ނޫން: ޔާމީން
ބުރިޖުގެ ހުރިހާ ކަމެއް ކުރީ އަޅުގަނޑު، ޔާމީން އުޅުއްވީ ތާސް ކުޅުމައިގެން: