ވެރިއަކަށް ލިބިވަޑައިގެންފައި އޮންނަ އިހުތިޔާރުގެ ދަށުން މަގާމަކަށް އައްޔަންކުރައްވާ ބޭފުޅަކަށް އޭނާގެ ގާބިލުކަމާއި އިހުލާސްތެރިކަން ގަބޫލުކުރާ ގިނަ ބަޔަކު ތިބިކަން އިހުސާސް ނުކުރެވޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލަށް އަލަށް ހޮވުނު މެންބަރުން ހުވާ ކުރުމަށް މީރުމާ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރާއްޖެއަށް ތައާރަފު ކުރެވުނު މަލްޓި ޕާޓީ ޑިމޮކްރަސީން ފެންނަ އެންމެ ރީތި އަދި އެންމެ އުފާވާ ކަމަކީ، ރައްޔިތުންގެ ކަންކަން ނިންމާ މީހުން ކަނޑައެޅުމަށް ރައްޔިތުންނަށް ފުރުސަތު ލިބުން ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގުގެ ތެރެއިން މީހަކު އިންތިހާބު ކުރުމަށްފަހު ރައްޔިތުން އެދެނީ އިހުލާސްތެރިކަމާއެކު ހިދުމަތްކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ދެއްވުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.
”މަގާމުތަކަށް ވޯޓުން އިންތިހާބު ކުރެވޭ ބޭފުޅުންނަށް ލިބިވަޑައި ގަންނަވާނެ ހިތްހަމަޖެހުމަކީ ތިމަންނާގެ ގާބިލުކަމާއި އިހުލާސްތެރިކަން ގަބޫލުކުރާ، ގިނަ ބަޔަކު ތިބިކަން އިހުސާސްވުމުން ލިބޭ ހިތްހަމަޖެހުން. މީގެ ސަބަބުން މި ގާބިލުކަމާއި އިހުލާސްތެރިކަން ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ. ވެރިޔަކަށް ލިބިވަޑައިގެންފައި އޮންނަ އިހުތިޔާރުގެ ދަށުން މަގާމަކަށް އައްޔަންކުރައްވާ ބޭފުޅަކަށް، މި އިހުސާސްއެއް ނުކުރެވޭނެ،“ އާޒިމް ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
މޭޔަރު އާޒިމްގެ ތުހުމަތެއް: ވިޔަފާރި އުސޫލުން ހިންގަން ބުޅާ ފެސިލިޓީ ވަނީ
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް