ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި އެވެ.
ޖަޕާން ޓައިމްސްގައި ބުނެފައިވާ ގޮތުން ރެކްޓާ މިންގަނޑުން 7.1 މެގްނިޓިއުޑުގެ ބާރުމިނުގެ މި ބިންހެލުން އައީ އެ ގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ ކިޔޫޝޫގެ ދެކުނަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ބިންހެލުން އައުމުގެ ކުރިން ރެކްޓާ މިންގަނޑުން 6.9 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއްވެސް އަ އެވެ.
ބިންހެލުމާއި ގުޅިގެން ކިޔޫޝޫ އަދި ޝިކޯކޫއަށް ސުނާމީގެ އިންޒާރު ދީފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އުސް ހިސާބުތަކަށް ދިއުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
ޖަޕާން ޓައިމްސްގައި ބުނެފައިވާ ގޮތުން ސުނާމީގެ އިންޒާރު ދީފައިވާ ސަރަހައްދަށް ގާތްގަނޑަކަށް އެއް މީޓަރު ނުވަތަ ތިން ފޫޓުގެ ސުނާމީއެއް އަރާފާނެ ކަމަށް ލަފާކުރެވެ އެވެ.
ޖަޕާނަކީ އާންމުކޮށް ބިންހެލުން އަންނަ ޕެސިފިކް ރިންގް އޮފް ފަޔާގައި އޮންނަ ގައުމެކެވެ. އެ ގައުމަށް މި އަހަރުގެ ކުރީކޮޅު އައި ބިންހެލުމެއްގައި 48 މީހުން ވަނީ މަރުވެފަ އެވެ.




ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން