މުޅި ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ޓީވީ ފްރެންޗައިޒް, ”މާސްޓާ ޝެފް“ގެ ރާއްޖޭގެ އެޑިޝަން ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް މި ސަރުކާރުންވެސް ބުނެފި އެވެ.
މިދިޔަ ސަރުކާރުގައި ޓީވީއެމް އިން އެ ޝޯ ބާއްވަން ނިންމައި, 18 ޖެނުއަރީ 2020ގައި މާސްޓާ ޝެފް މޯލްޑިވްސްގެ ލޯންޗުކުރި އެވެ. ޝޯ ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ސްޕޮންސަރުންނާއެކު ސޮއިވެސް ކުރި އެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޝޯގެ ފުރަތަމަ ސީޒަން ޕްރިމިއާ ކުރާނެ ކަމަށްވެސް އޭރު ބުންޏެވެ.
ނަމަވެސް ފަހުން އެ ޝޯއަށްވީ ގޮތެއް ނޭނގެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ, ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ޝެފުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ޝެފުން ތިބި އިރު, ބައެއް ލަގްޒަރީ ރިސޯޓްތަކުން އެ ޝެފުންނަށް 35,000 އެއްހާ ޑޮލަރުގެ މުސާރައެއް ދޭ ކަމަށެވެ.
ނަމަވެސް ދިވެހިންގެ ތެރޭގައިވެސް ކެއްކުމުގެ ހުނަރު ހުރި ގިނަ ޒުވާނުން އެބަ ތިބި ކަމަށާއި އެހެންވެ އެކަމަށް ޝައުގުވެރިކަން އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ, އެކަމަށް މަގުފަހިކުރުމަށްޓަކައި މާސްޓާ ޝެފްގެ ރާއްޖޭގެ އެޑިޝަން ބޭއްވުމަށް ޕީއެސްއެމް އާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ރިސޯޓްތަކުގައި ތިއްބެވި އިންވެސްޓަރުންނާއެކު ބޭއްވި މަޝްވަރާތަކުގައި އެ ބޭފުޅުންގެ އެހީތެރިކަން ދެއްވާނެކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
ޗަމްޕާ އާއިލާ އިން ދިއްފުއްޓަށް ކުނި މެނޭޖުކުރާ މެޝިނަރީޒް ހަދިޔާކޮށްފި
ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގައި ތާށިވެއްޖެ!
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ހިލޭސާބަހަށް މަސައްކަތް ކުރަން ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ