ބަންގްލަދޭޝްގައި އެކުލަވައިލި ވަގުތީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި ނޮބަލް ޕީސް ވިނާ މުހައްމަދު ޔޫނުސަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަގުތީ ސަރުކާރުގެ އިސް މުޝީރުގެ ގޮތުގައި ހުވާ ކުރެއްވުމުން ޔޫނުސަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝްއަކީ ދުވަސްވީ ގާތް ރަހުމަތްތެރި ދެގައުމު ކަމަށާއި ރާއްޖެއިން ބަންގްލަދޭޝަށް އަބަދުވެސް އެދެނީ ފާގަތިކަމާއި ސުލްހައާއި ކާމިޔާބީއަށް ކަމަށެވެ.
ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވާލާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ބޮޑުވަޒީރުކަމުން ހަސީނާ އިސްތިއުފާ ދެއްވީ އެ ގައުމުގެ ސަރުކާރު ވަޒީފާތަކަށް މީހުން އިޚްތިޔާރު ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް މިދިޔަ މަހު ފެށި މުޒާހަރާތައް ހޫނުވުމާ ގުޅިގެންނެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހަސީނާ ވަނީ ގައުމު ދޫކޮށް ފިއްލަވައިފަ އެވެ. ހަސީނާ ވަޑައިގެންނެވީ އިންޑިއާއަށެވެ.
ހަސީނާއާ ދެކޮޅަށް ދަރިވަރުންކުރި މުޒާހަރާގައި ވަނީ ވަގުތީ ސަރުކާރާ ޔޫނުސް ހަވާލުވުމަށް އެދިފަ އެވެ.
ޔޫނުސްއަކީ ބަންގްލަދޭޝްގެ ފަގީރު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ އަދި އެއީ މީގެ ކުރިން، ހަސީނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުޅެކެވެ.


ގުޅުންހުރި
އޭސީސީގެ ނައިބަކަށް ފޮނުއްވި ނަން ރައީސް ބަދަލުކުރައްވައިފި
ރައީސް މުއިއްޒުގެ، ނަމުގައި ކްރިޕްޓޯ ސްކޭމެއް ހިންގަނީ
އައްޑޫއާއި ހަނިމާދޫ އެއާޕޯޓު މިއަހަރު ހުޅުވައި 14 އެއާޕޯޓެއްގެ މަސައްކަތް މިއަހަރު
ރިޔާސީ ބަޔާނަށް ޔާމީންގެ ފާޑުކިޔުން: މިދިޔަ އަހަރު ނުވި ކަމެއް މި
ގައުމު ނުދަރާ ސަލާމަތް ވާން ދިމާވި އެންމެ ބޮޑު ނަސީބަކީ އިހުލާސްތެރި
ފާޑުކިޔާ މީހުންނަށް ގާސިމުގެ ރައްދު: ރައީސްގެ ރިޔާސީ ބަޔާނުން ނިޔަތް ރަނގަޅުކަން