ސެޕްޓެމްބަރ 22, 2024

”އިންޑިއާ އައުޓް“ ކެމްޕޭނުގައި ހެދި ދޮގުތަކަށް ސަރުކާރުން މައާފަށް އެދެން އެމްޑީޕީން ގޮވާލައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި މިއަދު ސަރުކާރު ހިންގާ ފަރާތްތަކުން އިދިކޮޅުގައި ތިބި އިރު، ކުރިއަށް ގެންދިޔަ ކެމްޕޭނުގައި ހެދި ދޮގުތަކާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ރައްޔިތުންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މައާފަށް އެދެން އެމްޑީޕީން ގޮވާލައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރަށް މަރުހަބާ ކިޔައި އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގެ ގުޅުން އަބަދުވެސް ބިނާވެފައިވަނީ އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމުކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ދެ ގައުމުގެ ސަރަހައްދުގެ ސަލާމަތްތެރިކަމާއި ސަރަހައްދީ ސަލާމަތާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ.

ނަމަވެސް މިއަދުގެ ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާއާ ދެކޮޅަށް ދިވެހި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރިކަމީ ހިތާމަކުރާ ކަމެއް ކަމަށް ބުންޏެވެ.

އެމްޑީޕީން ބުނީ، އިންޑިއާއަކީ ދުވަސްވީ ރަހުމަތްތެރިއެއްގެ އިތުރުން ތަރައްގީގެ ބައިވެރިއަކަށްވާއިރު، އެއީ ބުލީކުރާ ގައުމެއްގެ ގޮތުގައި ސިފަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގުތިސާދަށްކޮށް، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް ލިބިފައި އޮތް މަގާމަށް އަސަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު ”އިންޑިއާ އައުޓް“ އިން ”ވެލްކަމް އިންޑިއާ“ އަށް ބަދަލު ކުރުމަށް މަރުހަބާ ކިޔާ ކަމަށްވެސް ބުންޏެވެ.

”މި ބަދަލަކީ ހަމައެކަނި ވަގުތީ ނުވަތަ ދެއްކުންތެރިކަމުގެ ބަދަލަކަށް ނުހަދައި، ދިވެހި ރައްޔިތުންގެ މަސްލަހަތަށްޓަކައި ދެމެހެއްޓެނިވި އަދި މާނަހުރި ބަދަލަކަށް ވާނެ ކަމަށް މި ޕާޓީން އުންމީދު ކުރެއެވެ. މީގެ އިތުރުން، ’އިންޑިއާ އައުޓް‘ ކެމްޕޭނުގެ ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް، ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލަމެވެ.،“ އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

6 Comments

  • Ahmed Naseer އޯގަސްޓް 10, 2024

    މިކޮންބައެއް ؟

  • Ali Hameed Hamittey އޯގަސްޓް 10, 2024

    Verikamuga huree bodu vageh

  • Nasiha Moosa އޯގަސްޓް 11, 2024

    ރައްޔަތުންނަށް އޮޅުވާލަން އުޅުމުގެ ބޭނުމެއް ނެތް މިއީ ގުޅިގެން އުޅޭ ބައެއް ސިޔާސީ ނަންއަޅުވައިގެން ރައްޔަތުންގެ ބައިތުލްމާލް ބަހަބަހާގެން ކެޔުން ނޫންކަމެއް ކުރަން މި މީހުން ނޫޅޭ މިފަސްއަނހަރަކު ނެތް މި މީހުންނަށް ކަރަންޓެއް ފެނެއް ބޯހިޔާވަހިކަމެއް ބޭނުމެއް ނުވޭ ރުފިޔާ އެއްކޮށްގެން ފުރިފަ މި މީހުން މިތިބީ އަބަދު ނިކަމެތި ރައްޔަތުން މި މީހުން މިގޮވަނީ މި މީހުންގެ ބޯމަތިން ރުފިޔާ ފައިބާތީތަ މުޅިން ރައްޔަތުންގެ ލޭބޯ މީހުން މިއީ

Leave a Reply