ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި މިއަދު ސަރުކާރު ހިންގާ ފަރާތްތަކުން އިދިކޮޅުގައި ތިބި އިރު، ކުރިއަށް ގެންދިޔަ ކެމްޕޭނުގައި ހެދި ދޮގުތަކާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ރައްޔިތުންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މައާފަށް އެދެން އެމްޑީޕީން ގޮވާލައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރަށް މަރުހަބާ ކިޔައި އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގެ ގުޅުން އަބަދުވެސް ބިނާވެފައިވަނީ އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމުކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ދެ ގައުމުގެ ސަރަހައްދުގެ ސަލާމަތްތެރިކަމާއި ސަރަހައްދީ ސަލާމަތާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ.
ނަމަވެސް މިއަދުގެ ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާއާ ދެކޮޅަށް ދިވެހި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރިކަމީ ހިތާމަކުރާ ކަމެއް ކަމަށް ބުންޏެވެ.
އެމްޑީޕީން ބުނީ، އިންޑިއާއަކީ ދުވަސްވީ ރަހުމަތްތެރިއެއްގެ އިތުރުން ތަރައްގީގެ ބައިވެރިއަކަށްވާއިރު، އެއީ ބުލީކުރާ ގައުމެއްގެ ގޮތުގައި ސިފަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގުތިސާދަށްކޮށް، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް ލިބިފައި އޮތް މަގާމަށް އަސަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު ”އިންޑިއާ އައުޓް“ އިން ”ވެލްކަމް އިންޑިއާ“ އަށް ބަދަލު ކުރުމަށް މަރުހަބާ ކިޔާ ކަމަށްވެސް ބުންޏެވެ.
”މި ބަދަލަކީ ހަމައެކަނި ވަގުތީ ނުވަތަ ދެއްކުންތެރިކަމުގެ ބަދަލަކަށް ނުހަދައި، ދިވެހި ރައްޔިތުންގެ މަސްލަހަތަށްޓަކައި ދެމެހެއްޓެނިވި އަދި މާނަހުރި ބަދަލަކަށް ވާނެ ކަމަށް މި ޕާޓީން އުންމީދު ކުރެއެވެ. މީގެ އިތުރުން، ’އިންޑިއާ އައުޓް‘ ކެމްޕޭނުގެ ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް، ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލަމެވެ.،“ އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
6 Comments
ގުޅުންހުރި
ކާރު ޓޯކުރަން އުޅުމުން ނުފައިބާނެ ކަމަށް ބުނެ ކާރު ލޮކް ކުރި
ދިމާވާ ހާދިސާތަކުގައި ފުރަތަމަ އެހީ ދޭން ވެމްކޯގެ މުވައްޒަފުން ތަމްރީނުކޮށްފި
ހިޔާ ފްލެޓަކުން ސަލާމަތް ކުރަން ގޮވައި ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށް، ދެ
ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް
ވަގަށް ނެގި ސައިކަލެއްގައި ގޮސް، ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓާއި
ރާއްޖެ އިން އެމްޕޮކްސްގެ ކޭސްއެއް ފެނުނު ވާހަކަ އެޗްޕީއޭ އިން ދޮގުކޮށްފި