އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން އޭނާ އަށް ދެންނެވި ހޫނު މަރުހަބާ އާއި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައި ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިހުންނަވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ.
ތިން ދުވަހުގެ އެ ދަތުރުގައި ޖައިޝަންކަރު މިއަދު ވަނީ ރައީސް އޮފީހުގައި ރައީސް މުއިއްޒާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށްފަހު ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ، އިންޑިއާ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެ އަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ވަރުގަދަކުރުމުގައި ދެމި ހުންނަވާނެ ކަމަށާއި އުޖާލާ މުސްތަގުބަލެއް ސަރަހައްދަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް