ކުރިއަށް އޮތް 4 އަހަރު ތެރޭގައި ހުޅުމާލެ 3 ފިޔަވަހީގައި މަދުވެގެން 10 ސްކޫލް ހަދާނަން: ރައީސް
އެ މަނިކުފާނުގެ ވެރިކަން ނިމުމުގެ ކުރިން ހުޅުމާލޭގެ ތިން ފިޔަވަހީގައި މަދުވެގެން 10 ސްކޫލް އިމާރާތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ, ހުޅުމާލޭގެ ތިން ފިޔަވަހީގައި ދެ ލައްކައަށްވުރެ ގިނަ ރައްޔިތުން އާބާދުވާއިރު މިހާރު ހުރި ސްކޫލްތަކާއެކު މުޅި ހުޅުމާލެއަށް ޖުމުލަ 22 ސްކޫލް ބޭނުންވާ ކަމަށެވެ.
”މި އަހަރާއެކު ބާކީ އޮތް ހަތަރު އަހަރު އަޅުގަނޑުމެން ބަލާނަން މެކްސިމަމް ކިތައް ސްކޫލް ހެދެނީ ބަލާފަ, މެކްސިމަމް ހަދާނަން. މަދުވެގެން 7 ނުވަތަ 10 ސްކޫލް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ހަދާނަން,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ކޮންމެ ސްކޫލަކީ 1,500 ކުދިންގެ ޖާގައިގެ ސްކޫލެއް ނަމަ, ދައުލަތުގެ ބަޖެޓުން ނުވަތަ ލޯނު ނަގައިގެން ނަމަވެސް އެކަން ކުރަން ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ.




4 Comments
ގުޅުންހުރި
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި