ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅު އިންޓަނޭޝަނަލް ޕޯޓް ހަދަން ނެގި 300 މިލިއަން ޑޮލަރުން ފްލެޓް އެޅުމުގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
އެ 300 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރު މެދުވެރިވެގެން އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގައި ހިމެނޭ ފައިސާ އެވެ. ނަމަވެސް މި ސަރުކާރުން މިހާރު ވަނީ ގުޅިފަޅު ޕޯޓް މަޝްރޫއު ތިލަފުއްޓަށް ބަދަލުކުރަން ނިންމައިފަ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަފީގު ވިދާޅުވީ، ހައުސިންއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި އެގޮތުން މި ދައުރުގެ ތެރޭގައި ހައުސިންގެ މުޅި މައްސަލައަށް ހައްލު ހޯދައިދޭން ރައީސް ގެންގުޅުއްވާ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން ކުރިން ހަމަޖެހިފައި ހުރި ފައިނޭންސިން ބޯހިޔާވަހިކަމަށް ބޭނުންކުރެވޭނެ ގޮތެއް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވީ، އެގްޒިމް ބޭންކުން ދިން ލައިން އޮފް ކްރެޑިޓުގައި ބާކީ ހުރި 300 މިލިއަން ޑޮލަރު ބޭނުންކޮށްގެން 4،000 ފުލެޓް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް އެ ފްލެޓްތައް ހަދަން ނިންމާފައިވަނީ ކޮންތަނެއްގައި ކަމެއް ނުބުނެ އެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު ހުޅުމާލޭގައި ހަދަމުންދާ 4،000 ފްލެޓަކީވެސް އިންޑިއާ އެގްޒިމް ބޭންކުގެ ކްރެޑިޓު ލައިނުން ފަންޑުކޮށްގެން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަމުންދާ ފްލެޓްތަކަކެވެ.

1 Comment
ގުޅުންހުރި
ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް
މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަދާލަތު ޕާޓީ ވުޖޫދުން ފޮހެލަން ބާރުގަދަ ފަރާތްތަކުން މަސައްކަތްކުރި: އިޔާޒު
ގެދޮރުވެރިޔާ ފްލެޓު އެއްބަސްވުމުގައި 1،826 މީހުން ސޮއިކޮށްފި
ކައުންސިލް އިންތިހާބަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، ވޯކް-އިން
އިންޑިއާ އަންހެނަކު ލުބޫބޫ ޑޯލްއަށް އަޅުކަންކުރާތަން ވައިރަލްވެއްޖެ