މިދިޔަ އަހަރުގެ އޭޕްރީލް 7، ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި ކަމަށް ތަހުގީގުގައި ކުށަށް އިއުތިރާފުވި އަހުޒަމް އަބްދުލްޝަކޫރު، ކުރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފު އެވެ.
ނައީމާގެ މަރުގެ މައްސަލައިގައި އަހުޒަމްގެ އިތުރުން ހުސައިން ފަވާޒާއި އަބްދުލްވާހިދު ރިފާސްގެ މައްޗަށް ދައުވާކުރީ އެވެ. އެ ދައުވާތަކަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ، އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކަމަށް ދައުލަތުން ކުރިން ބުނެފައިވެ އެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. އަހުޒަމްގެ މައްޗަށް ދައުވާތައް އިއްވައި ނިމުމުން، ދައުވާއަށް ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އަހުޒަމްގެ ފަރާތުން ވާހަކަދައްކަވަމުން ދިފާއީ ވަކީލު ވިދާޅުވީ ދައުލަތުން އިއްވި ދައުވާތަކުގައި ބަޔާންކޮށްފައިވާ ކުށްތައް އަހުޒަމް ކޮށްފައިނުވާނެ ކަމަށެވެ.
ދައުވާތަކަށް ޖަވާބުދާރީވަމުން ފަވާޒް ވެސް ދައުވާއަށް އިންކާރުކޮށްފަ އެވެ. ރިފާސްއަށް ދައުވާއަށް ޖަވާބުދާރީވާން އެންގުމުން އޭނާ ބުނީ ދައުވާއަށް އިންކާރުކުރާ ކަން ނުވަތަ އިއުތިރާފުވާ ކަން ވެސް ބުނެވެން އޮތީ ވަކީލާ ބައްދަލުވެ އަދި އިތުރަށް މަޝްވަރާކޮށްގެން ކަމަށެވެ.
ނައީމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، އަހުޒަމް ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ބަންދުގައި ގޮޅީގައި ހުއްޓައި، އޭނާ މަރުގެ މައްސަލައިގައި ތަހުގީގަށް އެއްބަސްވެ މައުލޫމާތު ދީފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.
ފަވާޒާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ކަމަށާއި ނައިމާ މަރާލުމަށް ބޭނުންކޮށްފައިވާ އާލާތްތަކާއި އޭރު ތިން މީހުން ވެސް ލައިގެން ހުރި ޓީޝާޓު އަންދާލާފައި އޮއްވައި ފުލުހުން ވަނީ ހޯދައިފަ އެވެ.


11 Comments
ގުޅުންހުރި
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި
ޑްރަގު މައްސަލައެއްގައި މަންމައާއި ދަރިފުޅު ހައްޔަރުކޮށްފި
މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ރާއްޖެ އައުމާ އެކު ހައްޔަރުކޮށްފި
އެމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި