ސެޕްޓެމްބަރ 21, 2024

ވިއްސާރާގައި 77 ގެއަކަށް ގެއްލުންވި މާލޭގެ ގެތަކަށް 800،00 ރުފިޔާގެ ގެއްލުން!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް ވަނީ ހުށަހަޅާފައިވާ ކަމަަށް އެންޑީއެމްއޭއިން ބުނެފި އެވެ.

އެންޑީއެމްއޭއިން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މިއަދުގެ ދޭއްޖެހުމާއި ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި ތިން ރަށެއްގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަން ޖެހޭ ކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ހަދާނިމިފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. ހަތަރު ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަމަށް އެންޑީއޭމްއޭއިން ބުންޏެވެ.

އަދި ބުނީއިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް 819،549 ރުފިޔާގެ ގެއްލުން ލިބިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޑިސެމްބަރުގައި މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވި ގެތަކުގެ އެސެސްމެންޓް ހެދި ގޮތަށް މިފަހަރު ވެސް އެސެސްމެންޓް ހެދުމަށްފަހު ލިބުނު ގެއްލުންތަކުގެ ބަދަލު ދޭނެ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.