ވަޅިން ބިރު ދައްކައި މީހެއްގެ ފޯނު ފޭރިގަތް އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ބުރުނީގެ، ޝާނާ މުހައްމަދު ޖުނައިދު އެވެ.
ފުލުހުން ބުނީ ޝާނާ ވަނީ މާލޭގެ މަގުމަތިން މީހަކަށް ވަޅިން ބިރު ދެއްކުމަށްފަހު އެ މީހާގެ ފޯނު ފޭރިގެންފައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޝާނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



