އިސްލާމިކް މިނިސްޓްރީގެ ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބާއްވާ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަހީމު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރާ ކަންތައްތަކާއި ހާސިލުކުރަމުން ގެންދާ ހުރިހާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް މުއިއްޒު ކަމަށެވެ.
އަދި އެ މަނިކުފާނުގެ ސަރުކާރަކީ އިސްލާމް ދީނަށް ނަސްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.
”މި ދުވަސް ވަރަކީ އަޅުގަނޑުމެންގެ އިސްލާމްދީނުގެ ހިދުމަތް ފުޅާކުރުމަށް އިސްލާމްދީން ފެތުރުއްވުމަށް މީސްތަކުންނާއި ހަމަޔަށް ހިދާޔަތު ގެންދިއުމަށް އަޅުގަނޑުމެންގެ ހަޔާތުގައި އަޅުގަނޑުމެންނަށް ލިބޭނެ ވަރަށްވެސް ބޮޑު ރަނުގެ ފުރުސަތެެއް. އެހެނީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން ދެމެހެއްޓުމަށްޓަކާ ނަސްރު ދޭނޭ ސަކުރާރެއް މާތްﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގައި ގާއިމުވެފައި އޮތް އޮތުން އެއީ އަޅުގަނޑުމެން އެންމެންނަށް އެކަމުގެ އުފާވެރިކަން ލިބޭނެ ކަމެއްކަމާމެދު ޝައްކެއް ނުކުރަން“ ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިންމު ބަޔަކީ ދީނީ އިލްމުވެރިން ކަމަށާއި އެކަންކަމުގައި އިލްމުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
ބަންގިއާއި ގަމަތާ ދެމެދު އޮންނަ ވަގުތު ދިގުކުރަން އަންގައިފި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށައިފި