ރާއްޖޭގައި ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން އައި ރަޖަނީ ޝްރެސްތާ ނުވަތަ ރިޒް ޑީޕޯޓް ކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރިޒް ޑީޕޯޓްކޮށްލީ އޭނާއާ ގުޅޭ ގޮތުން އިމިގްރޭޝަން ވޮޗްއަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން 11 އޮގަސްޓް 2024 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގުމަށްފަހު ކަމަށެވެ.
އެ އިންސްޕެކްޝަންގައި ރިޒްއަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ހުއްދައިގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ މީހެއް ކަމަށާއި އަދި އޭނާއާއި އޭނާގެ ހަތަރު ބިދޭސީންނަކީ ސައްހަ ވިސާއެއް ނެތް ބައެއްކަން އެނގުނު ކަމަށް ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެ މައްސަލަތަކާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އެ މީހުން ގެނެސް މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.
ރިޒް ދިޔައީ ރިޓްސް ބިއުޓީ ސްޓޫޑިއޯއަށް ފަހު މެޖެސްޓިކް ސެލޫންގެ ނަމުގައި ވެސް ސެލޫނެއް ހިންގަމުންނެވެ.




1 Comment
ގުޅުންހުރި
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
ބަނގުރަލުގެ ވިޔަފާރިކުރާ ނޭޕާލް ގުރޫޕަކާއި ބަނގުރާ ގެންގުޅުނު ބަންގްލަދޭޝް ގުރޫޕެއް ހައްޔަރުކޮށްފި
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
މާލޭގައި އެމްޕީއެލްގެ ދެ މުވައްޒަފެއްގެ ދެމެދު މާރާމާރީއެއް، އެކެއްގެ ބޯ ފަޅާލައިފި
ނޭޕާލް ސޭޓު ގަޔަށް ވަޅި ޖެހީ ބަންގްލަދޭޝް މީހެއް
ގަވާއިދާ ހިލާފަށް ދުންފަތާއި ސިނގިރޭޓް ވިއްކަމުންދިޔަ ބިދޭސީންތަކެއް ހައްޔަރަށް