އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ސްޓޭޝަން ހަދަމުންދަނީ ސްޓޭލްކޯގެ ހެޑް އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އެފަދަ ސްޓޭޝަނެއް ހަދަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވުާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށް ކަމަށެވެ.
އޭގެ އިތުރުން ގައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑް ބޮޑުވެ, އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ މީހުންނަށާއި އަދި މިހާރުވެސް ގެންގުޅޭ މީހުންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށާއި އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރު ދިނުމަކީވެސް އެ ސްޓޭޝަން ހެދުމުގެ ބޭނުމެއް ކަމަށް ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ, އެ ސްޓޭޝަން ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު, އެކަމުގައި މާލޭ ސިޓީ ކައުންސިލާއި މަޝްވަރާކޮށް އެ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ހަތަރު ފުރޮޅާއި ދެ ފުރޮޅުލީ ވެހިކަލްތަކަށް އެ ސްޓޭޝަންގެ ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.




5 Comments
ގުޅުންހުރި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އަދާލަތުގެ ރައީސަކަށް ޝިފާން
ވަކިކުރީ ގާނޫނީ ހަމަތަކުން ބޭރުން، އަބުރު ކަތިލުމުގެ ބޭނުމެއް ނެތް: ސާޖިދު
ހިޔާގެ އަލިފާނާ ގުޅިގެން 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނުވިސްނަން: ޓްރަމްޕް