ތިމާ ކުރަން ހުރި ކަންތައްތަކުގައި ފަހަތަށް ޖެހި، ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފައިދާ މީހަކަށް ނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މަޖީދިއްޔާ ސްކޫލުގެ ”ސައްތަވީ ބިނާ“ އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖީދިއްޔާ ސްކޫލުގެ މޮޓޯގައި ބުނެފައިވާ ގޮތަށޤ ހިތްވަރާއެކީގައި ނުގުޑާފަދަ އަޒުމެއްގައި ބުރަ މަސައްކަތް ކޮށްފި ނަމަ އުދަނގޫ އެއްވެސް ކަމެއް ނުވާނެ ކަމަށެވެ.
ނަމަވެސް އެއީ ހަމައެކަނި ތައުލީމީ ހަޔާތަށް އޮތް މޮޓޯއެއް ނޫން ކަމަށާއި ތިމާގެ ހަޔާތުގައި ކޮންމެ ކަމެއްގައިވެސް ހިތްމަތާއި ވަރުގަދަ އަޒުމެއްގައި މަސައްކަތް ކޮށްފި ނަމަ، ކާމިޔާބު ނުވާނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
”ހިތްމަތާއި ވަރުގަދަ އަޒުމެއްގައި ބުރަކޮށް މަސައްކަތް ކޮށްފިއްޔާ ކާމިޔާބީ ހާސިލުވާނޭ. ދަތި އުދަނގޫ ކަމެއް ނޯންނާނޭ. އެއީ މޮޓޯގެ މާނައަކީ. އެހެންވީމަ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަޒުމަކަށްވާންވީ އެ މީހެއްގެ ހަޔާތުގައި، އަދި އެ މީހެއްގެ ފަރާތުން އަނެކުންނަށް ކަމެއް ކޮށްދިނުމުގައި އަދި އެ މީހެއްގެ ފަރާތުން މުޖުތަމައުއަށް އަދި އެ މީހެއްގެ ފަރާތުން ގައުމަށް ކަމެއް ކޮށްދިނުމުގައި މި އަޒުމުގައި މަސައްކަތް ކުރުން. މި މޮޓޯ އާއެކު ކޮންމެ މީހަކުވެސް މަސައްކަތް ކުރުން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި ކަންތައްތަކެއް ކުރަން ނުކުމެއްޖެ ނަމަ، ގިނަ ކަންތައްތަކެއް ހާސިލުކުރެވޭނެ ކަމަށެވެ.
”އެއީ ކޮންމެ މީހެއްގެވެސް ހިތުގައި ބިންވަޅުނަގާ އަޒުމަކަށް ވާންވީ މި އަޒުމް. ތިމަންނާ ކުރަން ހުރި ކަންތައްތަކުގައި ފަހަތަކަށް ނުޖެހޭނަމޭ. ތިމަންނަ ނުވާނަމޭ ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފައި ދާ މީހަކަށް. އެއާ ހިލާފަށް ކުރިމަތިވާ ހުރިހާ ޗެލެންޖުތަކާ ކުރިމަތިލައިގެން ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ އަޒުމުގައި ކުރިއަށްދާންށޭ ތިމަންނަ މިހުރީ،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި
ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް
ހުދުމުހުތާރުވެރިން ބޭނުންވިޔަސް މިނިވަން ނޫސްވެރިކަން ނައްތައެއް ނުލެވޭނެ: ފައްޔާޒު
ރައީސް މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާނެ: ރައީސް އޮފީސް
ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލު ތަސްދީގު ކުރައްވައިފި
ހަބީބު، އެޗްއާރްސީއެމްގެ މެންބަރުގެ މަގާމަށް އައްޔަން ކުރައްވައިފި
ޖޭއެސްސީގެ މެންބަރު ކަމަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު އައްޔަން ކުރައްވައިފި