ބޮޑެތި މަޝްރޫއުތަކަށް ފައިނޭންސް ހޯދަން ރާއްޖޭގައި ހަދާ ބޭންކް، ޑިވްލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ އެންމެ އިސް ދެ މަގާމަށް ބޭރުގެ ދެ މާހިރުން އައްޔަންކޮށްފި އެވެ.
އެގޮތުން ޑީބީއެމްގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދެ ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލު ކުރެއްވުމުގައި ޑީބީއެމްގެ ސީއީއޯ އަދި ޗެއާޕާސަން ވަނީ މާލީ ދާއިރާގައި އެ ބޭފުޅުންގެ ހުރި ތަޖުރިބާގެ ބޭނުންކޮށްގެން ރާއްޖޭގެ އިގުތިސާދު ކުރިއަރުވާ ސިންދަފާތު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސްއާ މަޝްވަރާ ކުރައްވައިފަ އެވެ.
ޑީބީއެމްގެ ޗެއާޕާސަން ކަމަށް އައްޔަން ކުރި ގޫނަތިލަކަ އަކީ ހާވާޑް ޔުނިވާސިޓީން މާސްޓާސް އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވާނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާ އިން ހާއްސަވެފައިވާ ބައިނަލްއަގުވާމީ ފައިނޭންސިއަލް މާކެޓްގެ ފައިނޭންސިއަލް ސާވިސްގެ ތަޖުރިބާކާރެކެވެ.
މީގެ އިތުރުން ކޯޕަރޭޓް ބޭންކިން، ކްރެޑިޓް، ރިސްކް މެނޭޖްމަންޓް، އަދި ސްރީ ލަންކާގެ ބޭންކުތަކާ އިންޓަނޭޝަނަލް ބޭންކުތަކުގެ އިންޓާނަލް އޯޑިޓިންގައި ވެސް ޗެއާޕާސަންގެ މަގާމުވެސް ގޫނަތިލަކަ އަދާކުރައްވާފައިވެ އެވެ.
ޑީބީއެމްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރި ނޮއެލް އަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާ އިން މާސްޓާސް އޮފް ފިލޯސަފީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސައޫދީ އަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު ގާއިމުކުރުމުގައި މުހިންމު ދައުރެއް އޭނާ އަދާކުރެއްވި އެވެ.
އޭގެ އިތުރުން އޭނާއަކީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕާސަންގެ އިތުރުން އިރުދެކުނު އޭސިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓްތައް މެނޭޖުކުރައްވައި ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުގެ ދާއިރާ އިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ޑީބީއެމްގެ ބޯޑަށް ވަނީ ތިން ޑިރެކްޓަރުންވެސް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މީރާ އާއި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި އަހުމަދު އަލީ
- ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު
- އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓް
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް