ސްކޫލަކީ ތިމާގެ ފަރާތުން ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި ފިކުރުކުރަން ވަންނަ ތަނެއް ކަމަށާއި ސްކޫލުގައި ކިޔަވަމުން ދާންވާނީ އެ އަޒުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖީދިއްޔާ ސްކޫލުގެ ”ސައްތަވީ ބިނާ“ އިފުތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ މަނިކުފާނު މަޖީދިއްޔާ ސްކޫލުގައި ހޭދަކުރެއްވި ދުވަސްވަރުގެ ފޮނި ހަނދާންތައް ހިއްސާ ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ، ސްކޫލް ދައުރަކީ އެފަދަ ހަނދާންތަކުން ފުރިގެންވާ ދުވަސްތަކެއް ކަމަށާއި ނަމަވެސް ސްކޫލް ދައުރުގެ ހަގީގީ ބޭނުމަކީ ގައުމަށާއި މުޖުތަމައުއަށް ކަމެއް ކޮށްދިނުމަށްޓަކައި އަދި އަމިއްލަ ހަޔާތް ބިނާކުރުމަށްޓަކައި ތައުލީމާއި ތަމްރީނު ހާސިލުކުރުން ކަމަށެވެ.
އަދި ހިތްވަރާއެކީގައި ނުގުޑާފަދަ އަޒުމެއްގައި ބުރަ މަސައްކަތްތަކެއް ކޮށްފި ނަމަ އުދަނގޫ އެއްވެސް ކަމެއް ނުވާނެ ކަމަށާއި އެއީ ސްކޫލް ދައުރާއި ތިމާގެ ހަޔާތުގައިވެސް ހަނދާން ބަހައްޓަންޖެހޭ ކަމެއް ކަމަށެވެ.
”ތިމާގެ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައި ހިތްމަތާއި ވަރުގަދަ އަޒުމެއްގައި މަސައްކަތް ކޮށްފިއްޔާ، ﷲ ގެ އިރާދަފުޅާއި މިންވަރުފުޅާއެކު ކާމިޔާބު ނުވާނެ ކަމެއް ނޯންނާނެ. ދަތި އުދަނގޫ އެއްވެސް ކަމެއް ނޯންނާނެ. ﷲ އަންގަވާފައިވަނީ އަޅުންނަށް ހިތްމަތާއެކު މަސައްކަތްކުރާށޭ. އަޅުންނަށް އޮތީ މަސައްކަތް ކުރުން. އެމީހެއްގެ ކެރިކުޅަދާނަކަން ހުރި އެންމެ މަތީ މިންވަރަކަށް މަސައްކަތް ކުރުން. މަސައްކަތް ކުރުމަށްފަހު ﷲ ގެ ހަޒުރަތުގައި ވަކީލުކުރުން،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ޑެންގޫ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް
”ވާނެތަ؟“، ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ!
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް