ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ މެޑިކަލް ޗެކަޕެއް ހެއްދެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މިއީ ރައީސްގެ ދެކަނބަލުން ފަސް މަސް ތެރޭގައި ސިންގަޕޫރަށް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ. އެގޮތުން ރައީސްގެ ދެކަނބަލުން މި އަހަރު އެންމެ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވީ މި އަހަރުގެ މާޗު މަހުގެ 22 ގައެވެ. އެއީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.
އޭގެ ފަހުން މި އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި އެވެ. އެ ފަހަރު އެނބުރި ރާއްޖެ ވަޑައިގެންނެވީ ފަސް ދުވަސް ފަހުންނެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ