ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލި އަދި ލޯ ބޮޑު ކަންނެއްޔަށް އަމާޒު ކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައި އެކަމާ ގުޅޭ ގަވާއިދު ވެސް އެކުލަވާލާފައި ވަނިކޮށް، އެ ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވާލަން ސަރުކާރުން ނިންމީ 13 ޖޫން 2024 ގައެވެ. އެއަށްފަހު އެކަމާ ގުޅޭ ގަވާއިދު ވަނީ އެކުލަވާލައި އަންނަ އަހަރު އެކަމަށް ހުޅުވާލަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.
ނަމަވެސް އެކަމުގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ބުނެ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއަކުން އެކަން ނުކުރާން ސަރުކާރަށް ދިޔައީ ގޮވާލަމުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ނިންމި ނިންމުން އަނބުރާ ގެންދަވަން ރައީސް މުއިއްޒު ނިންމެވީ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ’ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން’ގެ ފަރާތުން އެ މަނިކުފާނުގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށެވެ.
އަދި ރައީސްގެ ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ’ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން‘ އާއި ކަމާގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނެ ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށް ކަމަށެވެ.


					

1 Comment
ގުޅުންހުރި
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް
ހުޅުދޫ އާއި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި
2026ގެ ބަޖެޓް: ރައީސްގެ ރަސްމީ ގެކޮޅަށް 34 މިލިއަން, މަހަކަށް 2.8
”ތިއީ އަހަރެންގެ މުޅި ދުނިޔެ, ފަޅި ސިކުންތެއް ވެސް ތިބާއާ ނުލާ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް
އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފެށުމަށް ގަރާރަކުން