އިންވެސްޓަރުންނަށް ރަށްވެހިކަން ދޭ ޕްރޮގުރާމެއް ތައާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކެބިނެޓް ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް އޮފީހުގެ މީޑިއާ ޕްލެޓުފޯމުތަކުގެ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ރާއްޖޭގެ އިގުތިސާދާ ގުޅުންހުރި މުހިއްމު އެތައް ކަމަކާ މަޝްވަރާކުރަން ތާވަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން ވަރަށް ތަފާތު އެހެން ނަމަވެސް ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ޕްރޮގްރާމަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
”ކުދި ބައެއް ގައުމުތަކުގައި ކަންކުރާ ގޮތަށް، ދުބާއީ ސިންގަޕޫރު ފަދަ ބައެއް ގައުމުތަކުގައި ކަންކުރާ ގޮތަށް، އިގުތިސޯދު ޑައިވަސިފައި ކުރުމަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމެއް ތައާރަފުކުރުން، މިކަމާ ބެހޭ ގޮތުން މަޝްވަރާކުރުން،“ ރައީސް ވިދާޅުވި އެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ފަދަ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ހިންގަމުން އަންނަ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމަކީ ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓުކުރުމުން އެ ގައުމެއްގައި ވަޒަންވެރިވެގެން އުޅުމަށް ދިގު މުއްދަތުގެ ވިސާއެއް ދިނުމެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މިފަދަ ޕްރޮގްރާމެއް ހިންގަން ވިސްނި އެވެ. އެ ފަހަރު މަޝްވަރާ ކުރީ ދިގުމުއްދަތަށް ރިސޯޓުތަކުގެ ވިލާއެއް ނުވަތަ އެފަދަ އެޕާޓްމެންޓެއް ގަތުމުން ރެސިޑެންސް ވިސާ ދިނުމަށް ހާއްސަ ޕްރޮގްރާމެއް ހިންގުމަށެވެ. ނަމަވެސް އެކަން ފެށިފައެއް ނުވެ އެވެ.




3 Comments
ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ޙިއްޞާކުރުމަކުން ކަންބޮޑެއް ނުވޭ: އެމެރިކާ
ބޮޑު އިންޖީނުގެ ނިމުމުން 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ:
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަށް ދިން މަޝްރޫއު މިފަހަރު
ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ލޭޑީސްފިންގާ ވަރެއް ނެތް
ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި