ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް ކޯލްތަކެއް ކުރަމުންދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެފަދަ ކޯލްތައް ކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް ދޮގު މައުލޫމާތު ދީ އޮޅުވާލަން މަސައްކަތް ކުރާ ކަމަށްވެސް ބުންޏެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އެއްވެސް ކަސްޓަމަރެއްގެ ޒާތީ އަދި މާލީ ހާލަތާގުޅޭ މައުލޫމާތެއް އެ ކުންފުނިން ނުހޯދާނެ ކަމަށެވެ. އަދި އެފަދަ ޝައްކު ކުރެވޭ ފޯން ކޯލެއް ލިބިއްޖެ ނަމަ، ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކޮށް ވަގުތުން ފޯން ކަނޑާލުމަށްވެސް އެދިފައިވެ އެވެ.
ފަހުމީ އިތުރަށް ވަނީ އެފަދަ އެއްވެސް މުއާމަލާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ސްޓެލްކޯގެ ރަސްމީ ޗެނަލްތަކުގެ ބޭނުން ހިފުމަށް ކަސްޓަމަރުންގެ ކިބައިން އެދިފަ އެވެ.




ގުޅުންހުރި
ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވައިފި
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ސިޓީ ކައުންސިލުން ވަކިވުމުގެ އުފަލުގައި ހުޅުދޫ އަދި މީދޫގައި ހަވާ
ވެރިކަމުން ދުރުކުރި މަޑަގަސްކަރައިގެ ރައީސްގެ ރައްޔިތުކަން އަތުލައިފި
ސިނގިރޭޓް ވައްކަން: އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ފޮޓޯއާއި ވަނަވަރު ހާމަކޮށްފި
ސިނގިރޭޓު ވައްކަން: އިތުރު ތިން މީހަކު ހައްޔަރުކޮށްފި، ދިގަލި ވަހީދު ޝަރީއަތް