ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު/ ނިއުލައިފް، ޒަކިއްޔާ މޫސާ، 50އ. ގެ ހަށިގަނޑު މާލެއަށް ގެންނަން ފުލުހުން ނިންމައިފި އެވެ.
ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުލުހުން ހާއްސަ ޓީމެއް މިއަދު ހަވީރުގެ ވަގުތެއްގައި އެ ރަށަށް ގޮސްފައިވާއިރު، އެނގިފައިވާ ގޮތުގައި، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންނަން މިރޭ ވަނީ ހޮޅުދޫން ފުރައިފަ އެވެ.
ނަމަވެސް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންނަނީ، ޕޯސްޓްމޯޓަމް ހަދަން ކަމެއް އަދި ކީއްކުރަން ކަމެއް ސާފެއް ނޫނެވެ. ޒަކިއްޔާގެ މަރާ ގުޅިގެން މާގިނަ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޒަކިއްޔާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގަ އެވެ. އަދި ޒަކިއްޔާގެ ކަރުގައި ވަޅި އަޅާފައި ހުރި ކަމަށާއި ހަށިގަނޑު ކައިރީގައި ބޮޑު ވަޅިއެއް އޮތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ގޭތެރެއަށް ވަން ބިދޭސީންތަކަކަށެވެ.




1 Comment
ގުޅުންހުރި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް