ރާއްޖެއިން މަންކީޕޮކްސް ނުވަތަ އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގުކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ ހުޅުމާލެ އިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި މިއަދާ ހަމައަށް ރާއްޖޭގައި އެއްވެސް ކޭސްއެއް ރެކޯޑު ކުރެވިފައި ނުވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
އެފްރިކާ ސަރަހައްދުން ފެތުރެން ފެށި އެމްޕޮކްސް އޭޝިއާގެ ބައެއް ގައުމުތަކުން ވެސް މިހާރު ފެނިފައިވާ އިރު އޭގެ ތެރޭގައި ދިވެހިން ގިނަ އަދަދަކަށް ގޮސް އުޅޭ އިންޑިއާ ވެސް ހިމެނެ އެވެ. އަދި އެ ބަލީގެ ހާލަތު މިހާރު އޮތީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްގެ ގޮޮތުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗް އިން ވަނީ މިދިޔަ އޮގަސްޓު މަހު އިއުލާންކޮށްފަ އެވެ.
އިންސާނުންނަށް އެމްޕޮކްސްގެ ވައިރަސް ވާސިލުވަނީ އެ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އަދި ބަލި ޖެހިފައިވާ އިންސާނެއްގެ ފަރާތުން އެހެން މީހަކަށް އެ ވައިރަސް ވާސިލުވަނީ އެ މީހަކާ ގައިގޯޅިކޮށް އުޅުމުންނެވެ.

ގުޅުންހުރި
އިދިކޮޅުން ވާހަކަ ފެތުރިޔަސް ޓާމިނަލްގެ މަސަައްކަތް އަވަސްވީ ރައީސްގެ ހިކުމްތްތެރިކަމުން: ސައީދު
ބަންދުގައި ހުރި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން ފާހަނައިގެ ކުޑަދޮރުން ފިލަން އުޅެފި
ޒިންމާދާރުކަމެއް ނެތް ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބޭ: ރައީސް
އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި
ޕުޓިން މަގާމުން ވަކިކުރި މިނިސްޓަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި!