ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވާދަކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވާހަރާކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު އަތުލައިގެންފި އެވެ.
ބީބީސީގައި ބުނެފައިވާ ގޮތުން އެ މީހާ ހަމަލާ ދޭން މަސައްކަތް ކުރީ ފްލޮރިޑާގައި އޮންނަ ޓްރަމްޕްގެ ގޮލްފް ކޯސް ކައިރީގައި ހުރި ގަސްތަކެއްގެ ތެރޭގައި އޭކޭ-47 ސްޓައިލްގެ ރައިފަލެއް ހިފައިގެން އޮވެގެންނެވެ. ނަމަވެސް އެ މީހާ ސީކްރެޓް ސާވިސްގެ އެޖެންޓުންނަށް ފާހަގަވެ ހަމަލާ ދިނުމާ އެކު ކާރެއްގައި ފިލައިގެން ދިޔަ ކަމަށް ބުނެފައިވެ އެވެ.
އެ މީހާ އަތުލައިގަތީ އޭނާ ފިލައިގެން ދިޔަ މަންޒަރު ދުށް މީހަކު އޭނާ އެރި ކާރާއި ނަންބަރު ޕްލޭޓްގެ ފޮޓޯއެއް ނެގުމުން އެ ކާރު ހިފަހެއްޓުމަށްފަހު އެވެ.
އެފްބީއައިއާ ހަވާލާދީ ބީބީސީގައި ބުނެފައިވާ ގޮތުން އެ މީހާ އޮތީ ޓްރަމްޕާ 455 މީޓަރާއި 275 މީޓަރާ ދެމެދުގެ ދުރުމިނެއްގައި ކަމަށެވެ. އަދި އޭނާ އޮތް ސަރަހައްދުން އޭކޭ-47 ސްޓައިލްގެ ރައިފަލްއަކާއި ސްކޯޕެއްގެ އިތުރުން ދެ ދަބަހާއި ގޯޕްރޯ ކެމެރާއެއް ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާގައި ޓްރަމްޕަަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޓްރަމްޕް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.
މިއީ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ޓްރަމްޕް އަވަހާރަކޮށްލަން ދިން ދެ ވަނަ ހަމަލާ އެވެ. ފުރަތަމަ ހަމަލާ ދިނީ މިދިޔަ ޖުލައި މަހު ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށް ބަޑި ޖަހައިގެންނެވެ.
ޓްރަމްޕުގެ ބޮލަށް އަމާޒުކުރި އުންޑަ އެ ފަހަރު އަމާޒުވީ ކަންފަތަށެވެ. އެ ހަަމަލާ ދިން މީހާ ވަނީ ހަމަ އެ ވަގުތު ބަޑިޖަހައި މަރާލައިފައެވެ.




1 Comment
ގުޅުންހުރި
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން
ވެރިކަމުން ދުރުކުރި މަޑަގަސްކަރައިގެ ރައީސްގެ ރައްޔިތުކަން އަތުލައިފި
އަންނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރާނަން, ކާމިޔާބުވެސް ކުރާނަން: ނަތަންޔާހޫ
އެއްބަސްވުމާ ހިލާފުވެ, އިޒްރޭލުން އެއް އާއިލާއެއްގެ 11 މެންބަރުން ޝަހީދުކޮށްލައިފި، ގިނައީ
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު