ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.
ދެވަނަ ދައުރުގެ ޖަލްސާތަކުގެ ތެރޭގައި މަޖިލީހުން ދަައުރުން ބޭރުން މިއަދު ބޭއްވި ތިން ވަނަ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން ކުރިއަށް ގެންދިއުމަށް 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅި ހުރިހާ މަސައްކަތެއް މިއަދު ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ބޭފުޅަކު އައްޔަން ކުރުމާއި ސަރުކާރުން ހުށަހަޅާފައިވާ ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އައްޔަން ކުރަން ވަނީ ރުހުން ދީފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް އެ މަނިކުފާނު ނިންމަވާފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި މަޖިލިސް ޗުއްޓީ އަށް ދިޔައީ މިދިޔަ މަހުގެ 22 ގަ އެވެ.

ގުޅުންހުރި
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝާހިދުގެ ނަން ކޮމިޓީން ފާސްކޮށްފި
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް
މިހާރު އޮތް މަޖިލީހަކީ ރައީސް މުއިއްޒު ވިދާޅުވާހާ ގޮތަކަށް މަސައްކަތް ކުރާނެ
މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން އުޅެނިކޮށް ފަޒީން އިސްތިއުފާ ދެއްވައިފި
ފުލުހުންނަށް ކުޑޫ ފޮނުވި ސިޓީއަކަށް ޖަވާބު ދޭން 3 މަސް ނެގުމުން
މަގާމުން ވަކިކުރުމުގެ ކުރިން ސީއެސްސީގެ ނައިބު އިސްތިއުފާ ދެއްވައިފި