ކ. ތިލަފުށިން ފެށިގެން އުތުރު ތިލަފަޅާ ދެމެދު އަޅާ ބްރިޖުގެ ޕްރީ-ފީޒިބިލިޓީގެ މަސައްކަތް ކުރަން ސަރުކާރުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރްކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާއެކު މަޝްވަރާކޮށްފި އެވެ.
މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިރާވަރާއި އުތުރުތިލަފަޅާ ދެމެދު ބުރިޖު އެޅުމުގެ މަސައްކަތް 2026 ވަނަ އަހަރު ފައްޓަވާނެ ކަމަށާއި 2029 ވަނަ އަހަރުގެ ނިޔަލަށް ނިންމާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި އެ މަޝްރޫއުއަށް ފައިސާ ހޯދުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ސަރުކާރުގެ ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގެން، އޭއައިއައިބީއާ މަޝްވަރާ ކޮށްފައިވާ ކަމަށާއި ޕްރޮޕޯޒަލް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ދުވަހު ރައީސް ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ބުނީ، ތިލަފުށިން ފެށިގެން އުތުރު ތިލަފަޅާ ހަމައަށް ބްރިޖަކުން ގުޅާލުމުގެ މަސައްކަތުގެ ޕްރީ-ފީޒިބިލިޓީ ދިރާސާއާ ގުޅޭ ގޮތުން އޭއައިއައިބީގެ އޮފިޝަލުންނާ އެކު މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އިއްޔެ މަޝްވަރާ ކުރައްވާފައިިވާ ކަމަށެވެ.
އެ މަޝްރޫއަކީ ގްރޭޓާ މާލޭ ރީޖަން ގުޅާލައި އިގްތިސޯދީ ގޮތުން ކުރިއެރުން އަންނާނެ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އިންޑިއާގެ ލޯނު އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ގައުމުގެ އެފްކޮންސް ކުންފުންޏާ އެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް: