ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މަލްޝާ ޝަރީފް، ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރަން ނިންމަވައިފި އެވެ.
މަލްޝާ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ އުތުރު ދާއިރާގެ ރައްޔިތުންގެ ތާއިދާއާއެކު ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
ހުޅުމާލޭގެ އުތުރު ދާއިރާގެ ރައްޔިތުންގެ އަޑާއި، އެ ދާއިރާގެ ދަފުތަރުގެ ރަޖިސްޓްރީގައިވާ މީހުންގެ އަޑު އުފުލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މަލްޝާ ވިދާޅުވި އެވެ.
އެހެންވެ އެ ދާއިރާގެ ރައްޔިތުންގެ ތާއިދަށް އެދިވަޑައިގަންނަވާ ކަމަށް މަލްޝާ ވިދާޅުވިއެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސަސްޕެންޝަންގައި ތިއްބެވި ޔޫތް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ އަދި މަރިޔަމް ޝިއުނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 10 ގަ އެވެ.
އެ ދެ މީހުން ސަސްޕެންޝަންގައި ތިބެ މުސާރަ ނަގަމުންދާތީ ގިނަބައެއްގެ ފާޑު ކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.
ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން މަލްޝާއާއި ޝިއުނާ ސަސްޕެންޑް ކުރަން ސަރުކާރަށް މަޖުބޫރުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމަތްކޮށް، ފުރައްސާރައިގެ ޓުވީޓުތަކެއް ކުރުމުގެ ސަބަބުން އެ ގައުމުގެ އާންމުންނާއި ސިޔާސީ ބޭފުޅުން ރާއްޖެ ބޮއިކޮޓް ކުރަން ބޮޑު ކެމްޕެއިނެއް ފެށުމުންނެވެ.
ނަމަވެސް އެކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ ޑެޕިއުޓީންގެ ވާހަކަތަކަކީ ސަރުކާރުގެ ސްޓޭންޑް ނޫން ކަމަށާއި ސަރުކާރުގެ ސްޓޭންޑަކީ އިންޑިއާ އާއެކު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ދެމެހެއްޓުން ކަމަށެވެ.
އިންޑިއާގެ ރައްޔިތުން ރާއްޖެއާ ދެކޮޅަށް ފެށި ކެމްޕޭނުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ. އެކަމުގެ ކަންބޮޑުވުން ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިވެރިން ވަނީ ފާޅުކޮށްފަ އެވެ.
1 Comment
ގުޅުންހުރި
ޔާމީންގެ ވެރިކަމުގައި މުލިއާގޭގެ ވަޅުދިޔަ ހިއްކަން ވެސް އަޅުގަނޑުމެން ދިޔައިން: ފަލާހު
ދައުލަތް ވަރުގަދަކޮށް ހިންގާނަމަ ޖެހޭނީ ސިޔާސީ މަގާމުތައް އިތުރުކުރަން: ސަލީމް
އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުން ފެންނަނީ ފަލާހެއް ނޫން: ޕީއެންސީ
އިންތިހާބުގެ ނަތީޖާއިން މާޔޫސްވެއްޖެ: ފައްޔާޒު
ފައްޔާޒުގެ ޗެއާޕާސަންކަމުގައި އެމްޑީޕީއަށް ދެވަނަ ބޮޑު ބަލި، ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވަނީ!
އަޅުގަނޑުގެ ފޯކަސް އޮތީ ނަތީޖާ ނެރުމަށް، އެމްޑީޕީން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: