މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ދެ ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.
މިފްކޯއަށް ސީއީއޯއެއް ހޯދަން ފުރަތަމަ އިއުލާން ކުރީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. އެ މުއްދަތު ޖުލައި 15 ވަނަ ދުވަހަށް ހަމަވި އިރު، ޝަރުތު ހަމަވާ މީހަކު ކުރިމަތިނުލާ ކަމަށް ބުނެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ.
ޕީސީބީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، މިފްކޯގެ ސީއީއޯ ކަމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެކަމަށް ހެދި ހުށަހަޅަންޖެހޭނެ ކަމަށާއި އެ މަގާމަށް މީހަކު ހޮވާނީ ގާބިލުކަމާއި ތަޖުރިބާއަށް ބެލުމަށްފަހު ކަމަށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން ހަތަރު އަހަރަށް އައްޔަންކުރާ އެ މަގާމަށް ކޮންމެ މަހަކު 12،000 ޑޮލަރާއި 15،000 ޑޮލަރާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. ކުރިން އެ މަގާމަށް ހުޅުވާލި އިރު މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 9،500 ޑޮލަރާއި 12،000 ޑޮލަރާ ދެމެދުގެ މުސާރައެކެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ.



3 Comments
ގުޅުންހުރި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި