އިންޑިއާ ސަރުކާރުގެ އެހީގައި ހއ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އާ ރަންވޭ މިއަދު އިފުތިތާހުކޮށް، އިންޑިއާއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި 700 ހައުސިން ޔުނިޓް، ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ދެއްވި ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓެއް ދެއްވައިފަ އެވެ.
އެ ސްޓޭޓްމެންޓުގައި މޯދީ ވިދާޅުވީ، އިންޑިއާއިން ރާއްޖޭގައި ހަދައިފައިވާ 700 ހައުސިން ޔުނިޓް، ދިވެހި ސަރުކާރާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން އިމާރަތް ކުރަމުންދާ 4،000 ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ކުންފުންޏަކުންނެވެ. އެއީ އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުކެވެ. އިންޑިއާއިން، ދިވެހި ސަރުކާރާ ހަވާލުކުރީ އެ މަޝްރޫއުގެ ތެރެއިން މިހާރު ނިމިފައިވާ 700 ހައުސިން ޔުނިޓެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމު ކުރާ ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެެކެވެ. އެ ރަންވޭ ޑިޒައިން ކޮށްފައި ވަނީ މިހާރު ބޭނުން ކުރަމުންދާ ރަންވޭއާ ވެސް ވަކި ހިސާބަކުން ގުޅޭ ގޮތަށެވެ.
އެ ރަންވޭ އެއްކޮށް ނިންމައި ބޭނުން ކުރަން ފެށުމުން އެ އެއާޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

ގުޅުންހުރި
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ: ރައީސް
2027 ނިމުމުގެ ކުރިން ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި