އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 45 މީހަކު ހިފަހައްޓާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ 45 މީހުންނަކީ ސައްހަނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހުން ކަމަށެވެ. އޭގެ ތެރޭގައި އަސްލު ނޫން ޕާސްޕޯޓާއި، ވަގު އައިޑީއާއި ވަގު ރެޒިޓެންޓް ކާޑު އަދި ސައްހަ ނޫން ވޯކް ޕާމިޓުތައް ބޭނުންކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު މީހަކާއި ވަގު އައިޑީއެއް ބޭނުންކުރި އެކަކާއި ވަގު ޕާސްޕޯޓު ބޭނުންކޮށްގެން އެތެރެވާން އުޅުނު ހަ މީހަކު ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަދި ދެވަނަ ކުއާޓާގައި ސައްހަ ނޫން ޕާސްޕޯޓު ބޭނުންކޮށްގެން އެތެރެވާން އުޅުނު ސޯޅަ މީހަކާއި ޕާސްޕޯޓު ފޯޖުކޮށްގެން އެތެރެވާން މަސައްކަތްކުރި އެކަކު ހުއްޓުވާފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ތިންވަނަ ކުއާޓާގައި ވަގު ޕާސްޕޯޓުގައި އެތެރެވާން އުޅުނު ފަސް މީހަކާއި، ވަގު ބައޯޕޭޖުގެ ބޭނުންކޮށްގެން އެތެރެވާން އުޅުނު ތިން މީހެއްގެ އިތުރުން ޝަހުސު އޮޅުވައިލައިގެން އެތެރެވާން އުޅުނު ހަތަރު މީހެއް އަދި ފެންޓަސީ ޕާސްޕޯޓުގެ ރާއްޖެ އެތެރެވާން މަސައްކަތްކުރި އެކަކު ހުއްޓުވާފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން ވަގު އައިޑީގެ އެއްގައި އެތެރެވާން އުޅުނު ބިދޭސީއަކާއި ސައްހަނޫން ދެ ވިސާ މެދުވެރިކޮށް އެތެރެވާން އުޅުނު ދެ މީހެއް އަދި ވަގު ސްޓޭމްޕުގެ ޖަހައިގެން އެތެރެވާން އުޅުނު ހަތަރު މީހަކު ހުއްޓުވާފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 އިން ޑިސެންބަރުގެ ނިޔަލަށް ހަ މީހަކު ވަގު ލިޔެކިޔުން ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ހުއްޓުވާފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.




ގުޅުންހުރި
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން