ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް އެ ކުންފުނީގެ 469 މުވައްޒަފަކު ފުރިހަމަކޮށްފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލީޑާޝިޕް އެންހޭސްމެންޓް ޕްރޮގްރާމުގެ ނުވަނަބެޗު ވަނީ އެ ޓްރެއިނިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައި ގިރިފުށިން މާލެއަށް އައިސްފައި ކަމަށެވެ. އެ ބެޗުގައި 51 މުވައްޒަފަކު ހިމެނޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އެއާއެކު ލީޑާޝިޕް އެންހޭސްމެންޓް ޕްރޮގްރާމް ފުރިހަމަކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަދަދު 469 އަށް އަރައިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ޕްރޮގްރާމް ބޭއްވުމަށް އެމްއެންޑީއެފްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ސިފައިންގެ ޗީފް ކޮމާންޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ 9 ބެޗުގެ ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ޔޫތް މިނިސްޓަރު އަބްދުﷲ ރާފިއު ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިން ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި
އެ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ އިތުރުން ކުންފުންޏަށް ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.




ގުޅުންހުރި
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
ނުކުޅެދުންތެރިކަން ހުންނަ އިތުރު 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ، ޖުމުލަ އަދަދު
ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި