ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އެމެރިކާއަށް ވަޑައިގަތީ މިދިޔަ މަހުގެ 20 އިން 29 އަށެވެ. އެއީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށެވެ.
ސަރުކާރުން އެ ދަތުރުފުޅަށް ހޭދަކުރީ 2.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް ކުރިއާ ހިލާފަށް ދަތުރުގެ ކަންކަމަށް ވަކިން ކުރި.
މިދިޔަ ރިޔާސީ ދައުރުގައި އދ.ގެ އެންމެ އިސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅުތަކަށް ހަރަދުކުރި މިންވަރު ވެސް ރައީސް އޮފީހުން ވަނީ މި ދަތުރާ އަޅާކިޔާފަ އެވެ.
އެގޮތުން:
- 
މިދިޔަ ރިޔާސީ ދައުރުގައި އދ.ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނިއު ޔޯކަށް ދެ ދަތުރުފުޅެއް ކުރެއްވި
- 
2019ގެ ދަތުރުފުޅަށް 4.1 މިލިއަން ރުފިޔާ ހަރަދުވި
- 
2021ގެ ދަތުރުފުޅަށް 5.3 މިލިއަން ރުފިޔާ ހަރަދުވި
”ވީމާ މި ފަހަރުގެ ދަތުރުފުޅުގައި ސަރުކާރުން ކުރެއްވި ހަރަދު ވަނީ މީގެ ކުރީ ދެ ފަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ކުޑަކުރެވިފަ އެވެ،“ ރައީސް އޮފީހުން ބުނެފައިވެ އެވެ.


 
					

ގުޅުންހުރި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފަށައިފި
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ރިވެތި އަހުލާގުގެ ވެރިޔަކަށް ވާށެވެ! އެއީ ގިޔާމަތް ދުވަހުގައި އެ މީހާގެ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން: