ވޭޕް އޮއިލް ނުވަތަ ވޭޕް ފްލެވާ ކަމަށް ބުނެ ރާއްޖެއަށް އެތެރެކުރި ކެނަބިސް ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމުން އަތުލައިގެންފި އެވެ.
ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޝިޕްމެންޓް އަތުލައިގެންފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.
”ދާދި ދެންމެއަކު ވޭޕް އޮއިލްގެ ނަމުގައި ރާއްޖެއަށް އެތެރެ ކުރެވުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅައިފައިވާ ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމް ސާވިސަސް ހިފަހައްޓައިފި.
އިހުސާން ވިދާޅުވީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވޭޕް ފްލެވާ ކަމަށް ބުނެ އެއަށް މަސްތުވާތަކެތި އަޅައިގެން އެތަކެތި ބޭނުންކޮށް ވިޔަފާރިކުރަމުންދާތީ ކަމަށެވެ.
މިއަހަރުގެ މާޗު މަހުގެ 14 ގައި ވެސް ވަނީ ކެނަބިސް އަޅައިފައިވާ ކާޓްރިޖުތަކެއް ހިފަހައްޓައިފައި ކަމަށް އިހުސާން ވިދާޅުވި އެވެ.
ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕު އޮޅުވާލައިގެން ދެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.




5 Comments
ގުޅުންހުރި
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ