ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އަންނަ މަހުން ފެށިގެން ބޮޑުކުރުމުން ސިނގިރޭޓް ފޮއްޓެއްގެ އަގު 200 އެއްހާ ރުފިޔާއަށް ބޮޑުވާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓުގައި ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ 3 ރުފިޔާ އިން 8 ރުފިޔާއަށް ބޮޑުކުރަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން އިއުލާން ކުރައްވައިފަ އެވެ.
ވަކިވަކި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގައި ހިމެނޭ އެޑް ވެލޮރަމް ރޭޓް ވެސް 50 ޕަސެންޓުން 100 ޕަސެންޓަށް މަތިކުރަންވެސް ވަނީ ނިންމައިފަ އެވެ.
އެ ބަދަލާ އެކު ސިނގިރޭޓް ފޮއްޓެއްގެ އަގަށް 100 އެއްހާ ރުފިޔާ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އާއްމުކޮށް ސިނގިރޭޓް ފޮއްޓެއް މިހާރު ވިއްކަނީ 100-110ރ. އާ ދެމެދުގަ އަގެއްގަ އެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި