ޖުވާގެ ބޭނުމަކީ މީސްތަކުންގެ މުދާ ހަރާމް ގޮތުގައި ކެއުން ކަމަށާއި އެއީ މާތް الله އާއި އެކަލާނގެ ރަސޫލާ ހަރާމްކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
’ޖުވާކުޅުމަކީ ހަރާމް ކަމެއް‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް الله އެކަލާނގެ މާތް ފޮތުގައި ޖުވާގެ ހުރިހާ ބާވަތްތަކެއް ހަރާމްކުރައްވާފައިވާ ކަމަށާއި އެކަލާނގެ ބަޔާން ކުރައްވާފައިވަ ގޮތުގައި އެއީ ޝައިތާނާގެ ހަޑި ހުތުރު އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
އެގޮތުން ޖުވާއަކީ ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން, އެ ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުތުކޮށްގެން ކުޅޭ ކުޅިވަރަކަށްވާއިރު އެއީ މުދާ ހަރާމް ގޮތުގައި ކެއުން ކަމަށާއި އެއީ މާތް الله އާއި އެކަލާނގެ ރަސޫލާ ހަރާމްކުރައްވާފައިވާ ކަމެއް ކަމަށްވެސް ބުންޏެވެ.
ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ: ’ހަމަކަށަވަރުން الله ގެ މުދަލެއް ހައްގު ނޫން ގޮތުގައި ބަޔަކު މީހުން ބޭނުން ކުރެއެވެ. ފަހެ, ގިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުއްޓެވެ,“
ހުތުބާގައި ބުނީ الله ޖުވާ ހަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމައުއަށް ލިބޭ ގެއްލުމާއި އެކަމުގައި ހިމެނޭ ފަސާދައިގެ ބޮޑުކަމުން ކަމަށެވެ. އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ޖުވާގެ އަވައިގައި ޖެހި الله ހަނދުމަކުރުން މަތިން ހަނދާން ނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލާއިރު ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވާ ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ޖުވާކުޅެ މީހުން އެކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައި ކަމުގައިވާތީ އެއީ ކަންނެތްކަމަށް ގޮވައިލާ ކަމެއް ކަމަށެވެ. އަދި ހެޔޮ ގޮތަކީ ހަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމަށްވެސް ބުންޏެވެ.
ޖުވާކުޅުމަކީ މާތް الله ހަރާމްކުރައްވާފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދަރަނިވެރިވުމާއި ރިޝްވަތުނެގުމާއި ދޮގު ހެދުމާއި ވައްކަންކުރުމާއި މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭ ކަމަށެވެ. އަދި ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި އާއިލާ ހަރާބުވެ ގެދޮރު ގެއްލި އަނބިދަރިން ނިކަމެތިވާއިރު ނަފުސާނީ މައްސަލަތައް ކުރިމަތިވެ, އަމިއްލަ ފުރާނަވެސް ދުއްވާލާ ކަމަށް ބުންޏެވެ.

ގުޅުންހުރި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ:
މާލެ ވަޑައިގެންނެވިތާ ހަފުތާއެއް ނުވެ ރައީސް އަނެއްކާވެސް އަތޮޅުތެރެއަށް