ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރަން ސަރުކާރުން ނިންމުމުން މާލޭ ސަރަހައްދުގެ ހުރިހާ ވޭޕް ފިހާރައެއް ބަންދުކޮށްފި އެވެ.
އަންނަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށާއި ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިސްތިހާރު ކުރުމާއި ހިލޭ ބެހުން މި އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ ނިންމުމާ ގުޅިގެން މިއަދު މެންދުރު 12:00 އިން ފެށިގެން ވޭޕް ފިހާރަތައް މުއްދަތެއް ނެތް ގޮތަށް ވަނީ ބަންދުކޮށްފަ އެވެ.
’ހަފްތާ‘ އަށް މައުލޫމާތު ދިން ވޭޕް ފިހާރައެއްގެ ވެރިއަކު ބުނީ، ވޭޕް ވިޔަފާރިކުރާ މީހުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އަދި ކުރު މުއްދަތެއްގެ ތެރޭގައި އެފަދަ ނިންމުމެއް ނިންމުމުން އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް އެ ވިޔަފާރިތަކަށް ލިބިފައިވާ ކަމަށެވެ.

6 Comments
ގުޅުންހުރި
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
1434 ދަރިވަރަކު ދަނީ ގުރުއާން ހިތުދަސްކުރަމުން، ގިނައީ އަންހެން ކުދިން