އަމިއްލަ މަންމައަށް އަނިޔާކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީގެން ހައްޔަރުކުރި ދަރިފުޅު، ހ. އެހަދަ، މުހައްމަދު އިސްމާއިލް، 28އ. ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
އެ މައްސަލަ ފެންމަތިވީ ހުޅުމާލެ ފޭސް 2ގެ އެޗް13 ގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލިބުނު ރިޕޯޓަކުންނެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް އެ އެޕާޓްމަންޓްގެ ދޮރުގައި ޓަކި ޖެހުމުން އަނިޔާ ލިބުނު އަންހެން މީހާ ނުކުމެ، އޭނާއާ ދޭތެރޭގައި ދަރިފުޅު ކަންތައް ކުރި ގޮތް ކިޔައިދިން ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން އެ އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދީ އަދި ފޯނު ފޭރިގެން ގޮސްފައިވާ ކަމަށް އަންހެނުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މުހައްމަދު އިސްމާއިލް އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެވެ.

2 Comments
ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި